LOADING CLOSE

އޮފީސް މޭޒު ގަތުމަށް – އިއުލާން ނަންބަރު IUL)474/1/2019/22)

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގެ ބޭނުމަށް އޮފީސް މޭޒު ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)474/1/2019/02  އާއި ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މިއިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 މާރޗް 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) ޙާޟިރުވެ  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.mcst.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

އިއުލާނާއި ގުޅޭ RFP ޑައުންލޯޑް ކުރުމަށް: Final RFP for Tables re iulaan

24 އެސް.އައި.ޕީ ފޯނު ގަތުމަށް (ދެވަނަ އިއުލާން)

  މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް  24 އެސްއައިޕީ ފޯން ގަތުމަށް 17 ފެބްރުއަރީ 2019 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ނަންބަރު IUL)474/1/2019/16)  އަށް އެކަށީގެން ވާ ވަރަށް ތަރުޚީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލް ކޮށް އަލުން މިތަކެތި ހޯދުމަށް އިޢުލާން ކުރަމެވެ.

          ވީމާ، މިކަމަށް ޝަޢުގު ވެރި ވެލައްވަވާ ފަރާތް ތަކުން 03 މާރޗް 2019 ވާ އާދީއްތަ ދުވަހު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) 10:00 ގައި ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ އިތުރު މަޢުލޫމާތާއި ތިރީގައި މިވަނީއެވެ.  އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

Bid Information Sheet 24 SIP based IP Phones

‏19 ޖުމާދުލްއާޚިރް 1440

‏24 ފެބްރުއަރީ 2019

24 SIP Phone ގަތުމާއި ގުޅޭ

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް  24 އެސްއައިޕީ ފޯން ގަތުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ކުރިމަތި ލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 24 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހު މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) 10:00 ގައި ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމް މިއޮފީހުގެ ވެބްސައިޓް، www.mcst.gov.mv ގައި ޝާއިއު ކުރެވިފައިވާނެއެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

 

Bid Information Sheet 24 SIP based IP Phones IUL-4741201916

Iulaan to procure 24 SIP Phones